އައްޑޫގައި ޕޮލިސް އެކަޑަމީ އިމާރަތްކޮށްފައިވަނީ ބިން ބޭނުންކުރުމުގައި ވިސްނަންވާ މިންވަރަށް ނުވިސްނާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދަޅުވީ، ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ޕޮލިސް އެކަޑަމީ އިމާރަތްކޮށްފައިވަނީ ބިން ބޭނުންކުރުމުގައި ވިސްނަންޖެހޭ މިންވަރަށް ނުވިސްނާ ކަމަށެވެ. އަދި މިހާރު އެތަނަކީ މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒެއްކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ޕީޕީއެމްގެ ވެރިކަމުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ސުވާލުކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އައްޑޫ މޭޔަރ ކެނޑިޑޭޓާއި، ކައުންސިލް ކެނޑިޑޭޓުންނާއެކު އައްޑޫ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެންކަމަށެވެ. 

އައްޑޫގައި ޕޮލިސް އެކަޑަމީ އިމާރަތްކޮށްފައިވާ ސަރަހައްދަކީ އެ އަތޮޅުގައި ފަތުރުވެރިކަމަށް އެންމެ ރަނގަޅަށް ބޭނުންކުރެވެން އޮތް ސަރަހައްދުކަމުން އެ އަތޮޅުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެކަމުގައިވެއެވެ. އެ ސަރަހައްދުގައި ޕޮލިސް އެކަޑަމީ އިމާރަތްކުރުމަށް ނިންމާފައިވަނީ އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރަތްކުރާ އެކަޑަމީ އެވެ. 

އިދިކޮޅުގެ ވާހަކަތައް ގެނެސްދޭ "ޗެނަލް13" ގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ފަރާތުން އައްޑޫ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި އެއީ އިންޑިއާ ސަރުކާރުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ސިފަކޮށް، ރައްޔިތުންނަށް ހަޤީޤަތް އޮޅެގޮތަށް ވާހަކަދައްކަވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.