ކެޕިޓަލް މަރކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗެއަރޕާސަންގެ މަޤާމަށް އާއިޝަތު ޒާހިރާ އައްޔަންކުރައްވައިފި އެވެ. 

އާއިޝަތު ޒާހިރާ މަޤާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށް، ސީއެމްޑީއޭ އިން ވަނީ ޒާހިރާއަށް މަރުހަބާ ކިޔާފަ އެވެ. 

އާއިޝަތު ޒާހިރާ ވަނީ ގިނަ އަހަރުތަކެއްގައި މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) ގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އެންމެފަހުން ހުންނެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގަ އެވެ. 

ޒާހިރާ އެމްއެމްއޭ ދޫކޮށް ނިކުމެވަޑައިގެންނެވީ ޝަރަފުވެރިކަމާއެކު މަސައްކަތުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ. އޭނާ ރިޓަޔާކުރެއްވީ 31 އަހަރު އެމްއެމްއޭގައި މަސައްކަތްކުރެއްވުމަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

ސީއެމްޑީއޭގެ ޗެއަރޕާސަންގެ މަޤާމަށް ޒާހިރާ އައްޔަންކުރިއިރު، އެ އިދާރާގެ ސީއީއޯގެ މަޤާމު އޮތީ އަދިވެސް ހުސްކޮށެވެ. އެއީ 2019 ވަނަ އަހަރު އެ މަޤާމުގައި ހުންނެވި ނާދިޔާ ހަސަން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *