ކޮވިޑްއާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި މިހާތަނަށް 221 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ. އެއީ، 17،147 މީހަކަށެވެ. 

އެންސްޕާ މެދުވެރިކޮށް މި އެލެވެންސް ދޫކުރަނީ ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ކުޑަވި މީހުންނަށެވެ. އެގޮތުން ވަޒީފާ ގެއްލުނު މީހުންނަށް 5،000 ރުފިޔާ ދޭއިރު މުސާރަ ކުޑަވި މީހުންނަށް 5،000 ރުފިޔާ ހަމަވާ ވަރަށް އެލެވެންސް ދެ އެވެ. 

އެލެވެންސް ދެމުން އަންނަނީ އެކަމަށް އެދޭ ފަރާތްތަކަށެވެ. އެގޮތުން ކޮންމެ ދެ މަހަކުން އެއް ފަހަރު، އެލެވެންސް ހޯދުމަށް އެދުމުގެ ފުރުސަތު ހުޅުވާލައެވެ. އެގޮތުން މިހާރު ވެސް ވަނީ ޑިސެމްބަރު އަދި ޖެނުއަރީ މަހުގެ އެލެވެންސް ހޯދުމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. 

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ދެމުން އަންނަ މި އެލެވެންސް ސަރުކާރުން ކިހާ ދުވަހަކަށް ދެމުން ގެންދާނެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.