މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ. ދަށްވެފައިވަނީ 37 ޕަސެންޓެވެ.
މިރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މީރާއަށް މިދިޔަ އަހަރު ޓެކްސް އާއި ފީ އަދި ޖޫރިމަނާގެ ގޮތުގައި ބަލައިގެންފައިވަނީ 10.5 ބިލިއަން ރުފިޔާއެވެ. 2019 ވަނަ އަހަރު 16 ބިލިއަން ރުފިޔާ ބަލައިގަތެވެ.
މިދިޔަ އަހަރު މީރާއަށް ލިބުނު އާމްދަނީގެ ބޮޑު ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު 4.31 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އިންކަމް ޓެކްސްއެވެ. އެއީ 1.89 ބިލިއަން ރުފިޔާއެވެ.
ބީޕީޓީގެ ގޮތުގައި 1.77 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 702.78 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ގްރީން ޓެކުހުގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.