ހުޅުމާލޭ ފޭސް2ގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރި ޔުނިޓްތައް ބަލައިލުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓާވުމަށް އެޗްޑީސީއިން އެދިއްޖެއެވެ. 

އެޗްޑީސީއިން މިހާރު ވަނީ ބައެއް ވިޔަފާރި ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ތަންތަން ވެސް ހުޅުވާލާނެއެވެ. ވިޔަފާރި ޔުނިޓްތައް ހުންނަނީ ފްލެޓްތަކުގެ ގްރައުންޑް ފްލޯގައެވެ. 

މި ޔުނިޓްތައް ބަލައިލުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމް މެދުވެރިކޮށް މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ރަޖިސްޓާވުމަށް އެޗްޑީސީއިން އެންގިއެވެ. އެ މުއްދަތުގައި ރަޖިސްޓާ ނުކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް ބުންޏެވެ. 

ކޮވިޑްގެ ހާލަތު އޮތުމުން ރަޖިސްޓާ ކުރާ ފަރާތްތަކަށް ހާއްސަ އުސޫލުތަކާއެކު ޔުނިޓްތައް ބެލުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.