ޓޯކިޔޯ އޮލިމްޕިކްސް 2020 ގެ ފުޓުބޯޅަ ފިރިހެން ކެޓަރަރީގެ ރަން މެޑަލް ހޯދި ބްރެޒިލް ޓީމު -- ފޮޓޯ: ފީފާ

ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިޔަށްދާ އޮލިމްޕިކް ގޭމްސްގެ ފިރިހެން ފުޓުބޯޅަ ކެޓަގަރީ އިން ސްޕެއިން ބަލި ކުރުމަށްފަހު، ބްރެޒިލް އިން އެ ކެޓަގަރީގެ ރަން މެޑަލް ދިފާއު ކޮށްފިއެވެ.

ރިޔޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ހޯދި ބްރެޒިލް އިން މިހާރު ކުރިޔަށްދާ ޓޯކިޔޯ އޮލިމްޕިކްސް 2020 ގެ ރަން މެޑަލް ދިފާއުކުރީ ރޭ ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގައި 1-2 ގެ ނަތީޖާއަކުން ސްޕެއިން ބަލިކުރުމަށްފަހުއެވެ.

އިންޓަނޭޝަނަލް ސްޓޭޑިއަމް އޮފް ޔޮކޮހާމާގައި ކުޅުނު ފައިނަލް މެޗު ފެށިގެން ލަނޑު ޖެހުމަށް ދެޓީމުންވެސް ދިޔައީ ފުރުސަތު ތަނަވަސް ކުރަމުންނެވެ. އެގޮތުން އިދިކޮޅު ޓީމުގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް ދެޓީމުންވެސް މަސައްކަތް ވަނީ ކޮށްފައެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ބްރެޒިލްއަށް ޕެނަލްޓީއެއް ލިބިފައިވާއިރު، މެޗުގެ ލީޑު ނެގުަމަށް އެޓީމަށް ލިބުނު މި ރަނުގެ ފުރުސަތުގެ ބޭނުން އެޓީމަށް ހިފިފައެއް ނުވެއވެެ. ބްރެޒިލްގެ ރިޗަޑްސަން ފޮނުވާލި މި ޕެނަލްޓީ ދިޔައީ ގޯލު ދަނޑީމަތިން ބޭރަށެވެ.

މި ޕެނަލްޓީ ބޭރަށް ދިޔުމާއެކު، ބްރެޒިލް ކުޅުންތެރިން މާޔޫސްވެފައި ތިބި ދަނޑިވަޅުގެ ފައިދާ ސްޕެއިންއަށް ނުނެގެނީސް، ބްރެޒިލް އިން ވަނީ ފުރެަތަމަ ހާފްގެ އިތުރު ވަގުތުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޑެނީ އަލްވޭސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މެތިއު ކުންހާއެވެ.

މި ލަނޑާއެކު 0-1 ގެ ނަތީޖާއިން ސްޕެއިންގެ މައްޗަށް ބްރެޒިލް ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ސްޕެއިން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 61 ވަނަ މިނެޓުގައި މިކެލް އޮޔާޒަބަލް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު 1-1 ގެ ނަތީޖާއިން ބްރެޒިލް  އަދި ސްޕެއިން އެއްވަރުވެގެން ނިމިފައިވާއިރު، ނަތީޖާ ނެރުމަށް ވަނީ 15 މިނެޓުގެ ދެ ހާފް ކުޅެފައެވެ. އެގޮތުން ބްރެޒިލް އިން ރަން މެޑަލް ހޯދީ 15 މިނެޓުގެ ދެވަނަ ހާފްގައި މެލްކޮމް ކާމިޔާބުކުރި ތާރީހީ ލަނޑުންނެވެ.

އޮލިމްޕިކްސް 2020 ގެ ފިރިހެން ކެޓަގަރީގެ ރިހި މެޑަލް ސްޕެއިންއަށް ލިބިފައިވާއިރު، މި އކެޓަރީގެ 3 ވަނަ ހޮވާ މެޗުގައި ގޭމްސް ބާއްވާ ޖަޕާން ބަލިކޮށް، ބްރޯންޒް މެޑަލް ހޯދާފައިވަނީ ހޯދާފައިވަނީ މެކްސިކޯއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *