ރ.ދުވާފަރުގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު. އެސް.ސީ) ގެ އޮޕަރޭޝަން ސެންޓަރަށް ބެކަޕް ޖެނެރޭޓަރެއް ފޮނުވައިފިއެވެ. 

ބެކަޕް އިންޖީނު އެ ރަށަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ އެ ރަށު ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ހުއްޓުމެއްނެތި ފޯރުކޮށްދިނުމުގެ ގޮތުން އެ ރަށަށް ގެންގޮސްފައިވާ ބެކަޕް އިންޖީނެކެވެ.

ރ.ދުވާފަރަކީ 49.5 ހެކްޓަރުގެ ރަށެކެވެ. މިރަށަކީ 2004 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރ. ކަނދޮޅުދޫގެ ބޮޑު ބައެއް ހަލާކުވެދިއުމުން، އެރަށުގެ މީހުން އާބާދުވުމަށް ތަރައްޤީ ކޮށްފައިވާ ރަށެކެވެ. މި ރަށުގައި ގާތްގަޑަކަށް 3،000 މީހުން ދިރިއުޅޭއިރު، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދޭތެރެދޭތެރެއިން މައްސަލަތައް ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.