ކޮވިޑް 19 އާ ދެކޮޅަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މި ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ. 

ޖުމްލަ 1.3 ބިލިއަން މީހުންނަށް ވުރެ ގިނަ މީހުން އާބާދީގައި ހިމެނޭ އިންޑިއާއިން ވަނީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ހިފާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްޚީ ހިދުމަތްތެރިންނަށާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒިފުންނަށެވެ. އިންޑިއާގެ ސިއްޚީ އިދާރާތަކުން ވަނީ އެސްޓްރަޒެންކާ އަދި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފެއްދި "ކޮވިޝީލްޑް" ވެކްސިން އާއި އެގައުމުގެ ބާރަތު ބަޔޯޓެކް ކުންފުނިން އުފެއްދި (ކޮވެކްސިން) ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. 

އެމެރިކާގެ ފަހަތުން ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ އިންޑިއާއިން ކަމަށްވާއިރު އެގައުމުން ވަނީ 10.3 މިލިއަނަށްވުރެ ގިނަ ކޮވިޑް 19 ގެ ކޭސް ފެނިފައެވެ. އަދި މި ބަލީގައި 150،000 އަށްވުރެ ގިނަ މީހުން އެގައުމުން މަރުވެފައިވެއެވެ. 

ފްރޮންޓްލައިންގެ މުވައްޒިފުންނާއި ސިއްޚީ ހިދުމަތްތެރިންގެ ފަހުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ސީރިއަސް ސިއްޚީ މައްސަލައެއް ހުރި 50 އަހަރުން ދަށުގެ މީހުންނަށެވެ. 700 ޑިސްޓްރިކްޓެއްގައި 150،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދިނުމުގެ ތަމްރީން ދީފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.