މަސްވެރިންނާއި، އޮޑިވެރިންނަށް އަދި ދަތުރުވެރިންނަށް ގާތުން ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ހާއްސަ ޓީމެއް ހއ. އަދި ހދ. ގެ ރަށްތަކަށް ދަތުރުކުރުމަށް ހަމަޖެހިއްޖެއެވެ.

އެ ކުންފުނިން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި، މި ޓީމުން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް ހއ. އަތޮޅުގައި ހަރަކާތްތެރިވާނެއެވެ. އަދި 19 އިން 24 ޖެނުއަރީގެ ނިޔަލަށް ހދ. އަތޮޅުގައި ހަރަކާތްތެރިވާނެއެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން އޮޑިވެރިންނަށާއި އޮޑިދޯނިފަހަރު ބަންނަމުންދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތައް ދެނެގަނެ އެ ކަންތައްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީއިން ނިންމާފައިވާ ނިންމެވުމެކެވެ. މިގޮތުން، އޮޑިވެރިންނާއި، އޮޕަރޭޓަރުންނާއި، އިންޖީނިއަރުންނާއި، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ރަށު ކައުންސިލް އިދާރާތަކާއިވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ޓީމުން ހއ. އަދި ހދ. ގެ ރަށްތަކަށް ކުރާ ދަތުރުގައި އަލަށް ބަންނަމުންދާ އޮޑި ދޯނިފަހަރުތައް އިންސްޕެކްޓްކޮށް، މިހާރު އޮޕަރޭޓް ކުރަމުންދާ އޮޑިފަހަރުގައި އިންޖީނުގެ މައްސަލައެއް ދިމާވާނަމަ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި، އެމްޓީސީސީއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭ މުހިންމު ބައެއް މައުލޫމާތުވެސް ކަމާގުޅޭ ފަރާތްތަކާއި ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.