އިއްޔެ މއ. އެމްޓޭޝަން ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ރޭ 19:45 ހާއިރެވެ. އެ ގޭގެ ކޮޓަރިއެއްގައި ރޯވި މި އަލިފާން ގަނޑު ވަނީ 20:04 ހާއިރު ނިއްވާލާފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ކޮޓަރީގައި ހުރި އަންނައުނާއި ސޯފާއާއި ގޮދަޑީގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާވެފައެއް ނުވެއެވެ.

އެންޑީއެމްއޭ އިން ބުނީ އެހީތެރިކަން ބޭނުންވި އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިން ބުއިން އަދި އަންނައުނު ހޯދުމަށްޓަކައި އެ އޭޖެންސީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެކަންތައްތައް ކުރުމަށްޓަކައި މިހާރު އެ އާއިލާއަށް ރިލީފް އެހީގެ ގޮތުގައި 7,800 ރުފިޔާ ދީފައިވާނެ ކަމަށް އެންޑިއެމްއޭ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *