އިދިކޮޅު ލީޑަރުންގެ އަޑު ކަނޑުވާލުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ވަރަށް ޚާއްޞަ ސިފައެއްކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލައި، ރައްޔިތުންގެ އަގަތަށް މަތީގައި މަލަށް އެޅިއިރު، އެމަނިކުފާނަށް އެކަމުގައި މަދަދުވެރިވުމުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އެވެ. ޑރ. އަހުމަދު އަބްދުﷲ ދީދީއަށް އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގެންނެވީވެސް ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވި އަމުރެއްގައި އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދު ޖަލަށް ލެއްވުމަށްފަހު އެވެ. އެމަނިކުފާނު ވަނީ މަޤާމުގެ ދަހިވެތިކަމުގައި އެންމެފަހު ވަގުތަށްވެސް އުއްތަމަ ފަނޑިޔާރަކަށް ހުންނަވާ، މަޤާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާފަ އެވެ.

ހުދުމުހުތާރު އުސޫލުތަކުގެ ދަށުން ސުޕްރީމް ކޯޓަށް ބާރުތައް އެއްކުރެއްވި އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ވަރަށް ޚާއްޞަ ސިފައެއްކަމަށެވެ. އެނގެންޖެހޭ ޙަޤީޤަތަކީ ސިޔާދަތުގެ ވެރިންނަކީ ރައްޔިތުންކަންކަމަށާއި، ޚުދުމުޚުތާރު ވެރިކަން މާތް الله ގެ އިރާދަފުޅާ އެކު ރައްޔިތުން ބަދަލުކުރާނެކަންކަމަށެވެ.

އުއްތަމަ ފަނޑިޔާރުކަމުން އަހުމަދު އަބްދުﷲ ދީދީ ވަކިކުރެއްވުމާއެކު، ގެންދަވަނީ ސިޔާސީ ޓުވީޓްތައް ކުރައްވައި، އަބްދުﷲ ޔާމީންގެ ދިފާއުކުރައްވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.