ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް އެ އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ މަބުރޫކު އަޒީޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
އެ މަގާމުގައި ކުރިން ހުންނެވީ އިބްރާހިމް ހޫދެވެ. އޭނާ ވަނީ އެ މަގާމުން ދުރުވެފައިވާކަން ޓްވިޓާގައި ހާމަ ކުރައްވާފައެވެ. އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
މަބުރޫކު ވަނީ ކޮވިޑްގެ ހާލަތު މާލޭގައި އެންމެ ގޯސްވިއިރު ސަރުކާރުގެ ތަރުޖަމާނުގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މަބުރޫކުގެ އެ މަސައްކަތް ގިނަ ބަޔަކު ބަލައިގަތެވެ.