ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ލިމިޓް އަނެއްކާވެސް ދަށްކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އަސްލު ބަޔާނެއް ނޫންކަމަށް އެ ބޭންކުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރާ ލިޔުމުގައި ބުނެފައިވަނީ ލިމިޓް 150 ޑޮލަރަށް ދަށްކޮށްފައިވާކަމަށެވެ. ނަމަވެސް ބޭންކުން ބުނީ އެ ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެ ކަމަށެވެ. އަދި ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެކަމަށެވެ. 

ބީއެމްއެލްގެ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އިޤްތިސާދަށް ކުރާ އަސަރުގެ ސަބަބުންނެވެ. އެގޮތުން ބޭންކަށް ވަންނަ ޑޮލަރުގެ އަދަދު މަދުވެ، ޑޮލަރުގެ ތާސިކަން އަޔަ ނުދިނުމަށް ނިންމި ނިންމުމެއްކަމަށް ބޭންކުން ބުނެފައިވެއެވެ. 

ބޭންކުން ކާޑު ލިމިޓަށް ގެނައި ބަދަލާއެކު، މަހެއްގެ މައްޗަށް ބައިނަލްއަޤުވާމީ މުއާމަލާތްތަކަށް ބޭނުންކުރެވޭނީ 250 ޑޮލަރު އެވެ. ނަމަވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދެމުންއާދެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.