ގއ. ދެއްވަދޫއިން އިތުރު އަށް މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ. މި އަށް މީހުންނަކީ މީގެ ދެ ދުވަސް ކުރިން ސާމްޕަލް ނެގި އަށް މީހުންނެވެ. 

މިއާއެކު، ދެއްވަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ. 

އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ. ނަމަވެސް އޮޅުމެއްގެ ތެރެއިން އެ ކުއްޖާގެ ނަތީޖާ ނެގެޓިވް ކަމަށް އެންގި ކަރަންޓީނުން ދޫކޮށްލިއެވެ. އެހެންވެ، އޭނާއާ ބައެއް މީހުން ވަނީ ޑައިރެކްޓް ކޮންޓެކްޓް ވެފައެވެ. 

ދެއްވަދޫއިން ލ. ފޮނަދޫއަށް ދިޔަ ދެ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފޮނަދޫ އާއި އެ ރަށާ ގުޅިފައި އޮންނަ ގަން މިހާރު ވަނީ މޮނީޓަރިން ހާލަތުގައެވެ. 

އެޗްޕީއޭއިން ވަނީ ދެއްވަދޫއިން އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއްނަމަ އެކަން އަންގައި ކަރަންޓީނުވުމަށް އަންގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.