އިދިކޮޅު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މި މަހުގެ ފެށުމަށް ހަމަޖެހިއްޖެއެވެ. ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. 

އަދުރޭގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކޮށްފައިވަނީ އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްގައެވެ. އެއީ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް އިއްވި ދުވަހު، އަދުރޭ، ކޯޓުގެ ގާޒީންނަށް މުހާތަބުކޮށް ދެއްކެވި ވާހަކައެއްގައެވެ. 

އޭގެފަހުން އޭނާ ފުލުހަށް ހާޒިރު ކުރި ދުވަހެއްގައި ވެސް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ. އެ ދުވަހު ވެސް އަދުރޭ ވާހަކަ ދެއްކެވީ ލައިވް ޓީވީގައެވެ. 

އަދުރޭގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.