ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލި، މާލެ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަހުގެ ހިދުމަތް އަލުން ފަށައިފި އެވެ. 

އެމްޕީއެލްއިން ކޮށްފައިވާ އާންމު އިއުލާނެއްގައި ވަނީ ކުންފުނީގެ ފަރާތުން ދެމުންގެންދިޔަ މާލެ -އެއާރޕޯޓް ބަހުގެ ޙިދުމަތް ކޮވިޑް -19ހާލަތާއި ގުޅިގެން މެދުކެނޑަލިކަމަށެވެ. ނަމަވެސްއެ ހިދުމަތް  10 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގައި އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް އެ އިއުލާންގައިވެއެވެ. އަދި މިފަހަރު މާލެ - އެއާރޕޯޓް ބަހުގެ ޙިދުމަތްދެމުން ގެންދާނީ ކާނިވާ ސަރަހަދުންކަމަށްވެސް އިއުލާންގައިވެއެވެ.

އައު ސަރުކާރު ވެރިކަމާއި ހަވާލުވެ، މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަންނަީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުުން ގިނަ ބަސް ޓާމިނަލްތަކެއް ހަދައި، އާންމު ރައްޔިތުންނަށް ފަސޭހަ ހިދުމަތްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.