އެތައް ދުވަސްތަކަކަށްފަހު ސްކޫލްތައް ހުޅުވައި ދަރިވަރުން ސްކޫލްތަކުގައި ކިޔަވަން ފަށައިފިއެވެ. 

މިއަދު މާލޭގެ ސްކޫލްތައް ހުރިހާ ގްރޭޑަކަށް ހުޅުވިގެން މިދިޔައީ ކޮވިޑާ ގުޅިގެން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ބަންދުގައި އޮތުމަށްފަހުއެވެ. މާލޭގައި ސްކޫލްތަކަށް ހާޒިރުވަމުން ދިޔައީ މަތީ ގްރޭޑްތަކުގެ ދަރިވަރުންނެވެ. ނަމަވެސް މިއަދު ވަނީ ހުރިހާ ގްރޭޑަކަށް ސްކޫލްތައް ހުޅުވާލާފައެވެ. 

ރަށްރަށުގައި ސްކޫލްތައް ހުޅުވިގެން މިދިޔައީ ދޮޅު މަހެއްހާ ދުވަހުގެ ބޮޑު ބަންދަކަށްފަހުއެވެ. މިއަދު ހުޅުވިގެން މިދިޔައީ މިދިޔަ އަހަރުގެ ދެވަނަ ޓާމެވެ. ދިރާސީ އާ އަހަރު ފެށޭނީ މި އަހަރުގެ މެދު ތެރޭގައެވެ. 

މިއަދު ނުހުޅުވަނީ ގއ. ދެއްވަދޫ، ލ. ފޮނަދޫ އަދި އެ އަތޮޅު ގަމު ސްކޫލެވެ. އެއީ، އެ ރަށްރަށުން ކޮވިޑްގެ ކޭސްތަކެއް ފެނި، މޮނީޓަރިންއަށް ލާފައި އޮތުމުންނެވެ. 

ސްކޫލްތަކަށް ދަރިވަރުން ހާޒިރުވަނީ ހާއްސަ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން ދަރިވަރުން ހުރިހާ ގަޑިއެއްގައި ވެސް ތިބޭނީ މާސްކު އަޅައިގެންނެވެ. ކްލާސްރޫމް ތެރޭގައި ވެސް ތިން ފޫޓްގެ ގައިދުރުކަން ހުންނާނެއެވެ. ސްކޫލަށް ވަންނާނީ ހުން ބެލުމަށްފަހުއެވެ. 

ޓީޗަރުން ވެސް ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބޭއިރު، މާސްކު ބްރޭކަށް ގައިދުރުކަމާއެކު ދަރިވަރުންނަށް ދޭނެއެވެ. މި ފިޔަވަޅުތަކާއެކު ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.