އައު އަހަރަށް ސުކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށިއިރު، ކޮވޑް-19 އާއި ގުޅިގެން މޮނިޓަރިންގގައި އޮތް ރަށްތަކުގެ ސުކޫލުތައް ހުޅުވާފައިނުވަނީ އުސޫލުގައިވާގޮތުގެ މަތިިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އައު އަހަރަށް ސުކޫލުތައް ހުޅުވައި، ދެ ވަނަ ޓާމްގެ ކިޔައިދިނުން ފަށާފައިވަނީ މިއަދު އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގ ހާލަތަށްލާފައިވާ ރަށްތަކުގެ ސުކޫލުތައް ހުޅުވާފައެއް ނުވެ އެވެ. 

ގއ. ދެއްވަދޫން ލ. ފޮނަދު އަށް ދިޔަ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މޮނިޓަރިންގއަށް ލާފައިވަނީ ދެއްވަދޫ އާއި ފޮނަދޫގެ އިތުރުން އެ ރަށާ އެއްފަސް ވެފައިވާ ގަމެވެ. އެހެންކަމުން އައު އަހަރަށް ސުކޫލުތައް ހުޅުވިއިރު އެ ރަށްތަކުގެ ސުކޫލުތައް ހުޅުވާފައެއް ނުވެ އެވެ. 

2021 ވަނަ އަހަރަށް ސުކޫލްތައް ހުުޅުވިއިރު ނުހުޅުވާ ސުކޫލްތަކަކީ:

  • ލާމު އަތޮޅު ތައުލީމީ މަރުކަޒު
  • މުކުރިމަގު ސުކޫލް
  • ހަމަދު ސުކޫލް
  • އަހަށްދޫ ސުކޫލް
  • ދެއްވަދޫ ސުކޫލް

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.