ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އޮތީ ވަރަށް ރަނގަޅަށް ލޯހުޅުވައިގެން ބާޒުތަކުގެ ޙަރަކާތްތަކަށް ފާރަވެރިކަމާއެކު ބަލަންކަަށް ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިނިކާ ބާޒުތައް އައިސް ޕީޕީއެމް/ޕީއެންސީގެ ކޮންޓްރޯލް ނެންގެވުމުގެ ފުރުސަތު ނުދެއްވުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމުގެ ކުރިންނެވެ. ނަމަވެސް އެ މިނިކާ ބާޒުތަކަކީ ކޮބައިކަމެއް އެމަނިކުފާނު އެ ދުވަހުވެސް ވިދާޅެއްނުވެ އެވެ. 

"ޕީޕީއެމްގެ ތެރެ އޮތީ ބައިބައިވެފައި، ލީޑަޝިޕްއަށް ޔާމީން އިތުބާރެއް ނުކުރައްވާ!" މި ސުރުހީގެ ދަށުން ޖަޒީރާއިން ޝާއިރުކޮށްފައިވާ ރިޕޯޓަކާއި ގުޅުވައި އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ބައިބައި ކުރަން ގާތުންނާ ދުރުން ތިޔަކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު ލީޑަރޝިޕްއަށް އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ. 

އަދުރޭ ވިދާޅުވީ ވަރަށް ރަނގަޅަށް ލޯހުޅުވައިގެން ބާޒުތަކުގެ ޙަރަކާތްތަކަށް ފާރަވެރިކަމާއެކު ބަލާކަމަށެވެ. 

ބުރާާސްފަތި ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސް ވަކީލް އަދި ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސް ޔާމީނާއި ހަވާލާދެއްވައި ވިދާޅުވީ ޕާޓީ އެކަތިގަނޑަކަށްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށެވެ. އަދި ކާމިޔާބު ލިބެން އޮތީ އޭރުންކަމަށް ރައީސް ޔާމީން ދެކިވަޑައިގަންނަވާކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީނާއި ހަވާލާދެއްވައި ޖަމީލް ވިދާޅުވީ ޕީޕީއެމްއަށާއި ޕީއެންސީއަށާއި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްކަމަށެވެ. އެކަމަނިކުފާނު ތުހުމަތުކުރައްވާގޮތުގައި އަދީބް ދޫކޮށްފަ ބަހައްޓާ މައިގަނޑު ސަބަބަކީވެސް ޕީޕީއެމް/ޕީއެންސީ ބައިބައިކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.