ށ. ކަނޑިތީމު ފަޅު ތެރޭގައި އަޅާފައި އޮތް ޕެޓްރޯލް އުފުލާ ލަކުޑި ދޯންޔެއްގައި އަލިފާން ރޯވެއްޖެއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދޯނީގައި ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 22:45 ހާއިރު ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުންނާއި އާއްމުން ގުޅިގެން އެސަރަހައްދުގައި އަޅާފައި ތިބި ދޯނިތައް ފަހަތަށް ޖައްސައި އަލިފާން ނިއްވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. 

------------------------------

12:05 - ރޯވި އަލިފާންގަނޑުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

12:07 - އެމްއެންޑީއެފް ފަޔަރ ޓީމު ދަނީ އަލިފާން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން: އެމްއެންޑީއެފް

12:08 - ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައި: ފުލުހުން

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.