ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އެފް.އޭ.އެމް އިންސްޓަރަކްޓަރ ކޯސް"ގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަން އިން ހުޅުވާލައިފިއެވެ. 

މިއީ 26 ޖެނުއަރީ އިން 28 ޖެނުއަރީއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އެފް.އޭ.އެމް އިން މައުލޫމާތު ދީފައިވާ ގޮތުގައި، "އޭ.އެފް.ސީ / އެފް.އޭ.އެމް "ބީ" ކޯޗިންގ ކޯސް ސެޓްފިކެޓް" ލިބިފައިވާ ހުރިހާ ފަރާތްތަކަށް މި ކޯހުގައި ބައިވެރިވެވޭނެއެވެ. 

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެ އެސޯސިއޭޝަންގެ ކައުންޓަރުން ރަސްމީ މަސައްކަތްކުރާ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 14:30އަށް ލިބެން ހުންނާނެއެވެ. ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 20 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:30އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.