ވ. ތިނަދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ---- ފޮޓޯ: ސްޓެލްކޯ

ވ. ތިނަދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް މިމަހު 15 އަށް ނިމޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ތިނަދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް މިމަހުގެ 15 އަށް ނިމި އޭގެ ފަސޭހަ ރައްޔިތުންނަށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ރަށްރަށުގައި ޚިދުމަތް ބޭނުންކުރާ މިންވަރު އިތުރުވެ، ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުން ވޮލްޓޭޖް ޑްރޮޕްވުމުގެ މަައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.