ހިޔާ ފްލެޓްގެ ޓަވަރުތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްގެ އެއްބަސްވުން ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ، އެ ކޯޕަރޭޝަންގެ މުވައްޒަފަކު ކޮވިޑް-19 އަށްޕޮޒިޓިވް ވުމާއި ގުޅިގެން މިއަދުގެ 10:00 އިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީހެއް، އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށްފަހު އަންގާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާއި އެކީ ތަޅުދަނޑި ހަވާލުކުރެއެވެ. އެކަމަކު ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، އެތަނުގެ ކަރަންޓުގެ މަސައްކަތް ނިމުމުންނެވެ.

ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާއެވެ. އެ އަގު ކުޑަކޮށްދިނުމްަށް އާންމުން އެދެމުން އަންނައިރު، އެއީ މިވަގުތަށް ދެވެން އޮތް އެންމެ ކުޑަ އަގު ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ފްލެޓުތަކުގެ ކުލި ދައްކާޚަލާސް ކުރަންޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.