ވަކީލުކަން ކިޔެވުމަށްފަހު، ގާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ ކުރިން 'ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު'ގެ ދަށުން ފުރިހަމަ ކުރަންޖެހޭ ތަމްރީން ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް އިންޓާރންޝިޕްގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފިއެވެ.

ޖޭއެސްސީއިން ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާ ގޮތުން، މި ފުރުސަތު ހުޅުވާލެވިފައިވަނީ ތިން ފަރާތަކަށެވެ. މި ފުރުސަތުގައި، އުމުރުން 21 އަހަރުވެފައިވާ "ޖިނާއީ ބޮޑު ކުށެއް" ކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ ފަރާތްތަކަށް ޖޭއެސްސީގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ. 

ޝައުގުވެރިވެލައްވާ ފަރާތްތަކުން، ޖޭއެސްސީ އިންޓާރންޝިޕްއަށް އެދި ހުށަހަޅާ ފޯރމް އަދި އެމްކިއުއޭއިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަން ޖެހޭނެއެވެ. މީގެއިތުރުންވެސް، ވަނަވަރު، ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ލިޔުން، އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑާރި އިންޓަރންޝިޕް އިގުރާރު، 18 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ ކުރިން ޖޭއެސްސީއަށް ހުށަހަޅަންޖެހޭނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.