ސްކައުޓް އަދި ގާލްގައިޑް ފެލޯޝިޕުން ވެމްކޯއަށް ޕީޕީއީ ހަދިޔާކުރުން

ސްކައުޓް އަދި ގާލްގައިޑް ފެލޯޝިޕްގެ ފަރާތުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް އަށް ޕީޕީއީ ހަދިޔާ ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިނގ ޑިރެކްޓަރ އާދަމް މުހައްމަދު "ޖަޒީރާ" އަށް ވިދާޅުވީ މިއީ ވެމްކޯގެ މަސައްކަތްތައް ބަލައިގަތުމަށްޓަކައި، ސްކައުޓް އަދި ގާލްގައިޑް އެސޯސިއޭޝަނުގެ މުސްކުޅި ދަރިވަރުން އަމިއްލައަށް ހޯދައިގެން ގެނައި 500 މާސްކު ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ، ނުޖުތަމައުގައި ހުންނަ ކަންތައްތަކުގައި ބައިވެރިވާން ފެލޯޝިޕްގެ ދަރިވަރުން ބޭނުންވާތީ އަމިއްލައަށް ކުރި މަސައްކަތެއް ކަމަށެވެ. އަދި މާސްކު ހަދިޔާ ކޮށްފައި ވަނީ ހުރިހާ ދަރިވަރުން ކޮންޓްރިބިއުޓް ކޮށްގެން ކަމަށް އާދަމް ވިދާޅުވިއެވެ.

ސްކައުޓް އަދި ގާލްގައިޑް ފެލޯޝިޕްގެ މި ހަދިޔާއަށް ވެމްކޯ އިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.