ފާއިތުވި 24 ގަޑިއިރު މުޅި ރާއްޖެއިން ރިޕޯޓުކުރި 125 ކޮވިޑް-19 ކޭސްގެ ތެރެއިނއ 26 ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރު އޮއްސި ހަޔަކުން ފެށިގެން އަންގާރަ ދުވަހުގެ އިރު އޮއްސި ހަޔަކާ ދެމެދު ނެގި 5،449 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 125 ސާމްޕަލްއެވެ. އޭގެ ތެރެއިން 26 ސާމްޕަލް އަކީ މާލެ ސަރަހައްދުން ނެގި ސާމްޕަލްތައް ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުން 91 ސާމްޕަލް އަދި ރިސޯޓުތަކުން 8 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
✳️ COVID-19 : Case Updates pic.twitter.com/YQVTjbdI3Y
— Health Protection Agency (@HPA_MV) August 3, 2021
މިއާއެކު މުޅީ ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 77،758ށް އަރާފައިވާއިރު އޭގެ ތެރެއިން 75،065 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި 2،459 މީހަކު ފަރުވާހޯދަމުންދާއިރު އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތުވީ 16 މީހުންނެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 222 މީހުން ވަނީ ނިޔާވެފައެވެ.