ގދ.ތިނަދޫ ފެން ޕްލާންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފެނަކައިން ހިންގާ ފެން ޕްލާންޓުގައި ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 06:00ގައެވެ.
މި އަލިފާންގަނޑު ކުޑަ އިރުކޮޅެއްގެ ތެރޭގައި ރަށު ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.