އަތޮޅުތެރޭގެ އެއްވެސް ރަށަކުން 30 ނޮވެމްބަރު 2020 އަށް ފަހު ގއ.ދެއްވަދޫއިން ގޮސްފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދު އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މި މުއްދަތަށްފަހު ގއ.ދެއްވަދޫއިން ދަތުރުކުރައްވާފައިވާ ހުރިހާ ފަރާތްތަކުން، އެ މީހަކު ހުންނެވި ރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް ރިޕޯޓް ކުރަންޖެހޭނެއެވެ. އަދި، މި މީހުންގެގެ ސާމްޕަލް ނަގައި، ނެގެޓިވް ނަތީޖާއެއް ލިބެންދެން ކަރަންޓީނު ވާންޖެހެއެވެ.

30 ނޮވެމްބަރަށް ފަހު ގއ.ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތައް ދިޔުމަށް ހަމަޖެހިފައިވަނީ މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށެވެ. މި ބޭފުޅުންގެ ސާމްޕަލްތައް ނެގުމުގެ އިންތިޒާމް މިތަނުގައި ހަމަޖެހިފައިވާއިރު،، ނެގެޓިވް ނަތީޖާ ލިބެންދެން ކަރަންޓީނު ވާނެޖެހޭނެއެވެ. މާލޭގައި ސާމްޕަލް ނެގުމުގެ ހިދުމަތް މިރޭ 12 ޖަހަންދެން ލިބޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެެއިތުރުންވެސް، މި ބޭފުޅުންގެ ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އިތުރަށް އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި، ޑިސެމްބަރު 25ގެ ފަހުން ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާންޖެހޭނެއެވެ. ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބެންޖެހޭނެއެވެ.

އެޗްޕީއޭއިން މިގޮތަށް ބުނެފައިވާއިރު، ގއ.ދެއްވަދޫއިން ދަތުރު ކުރި 4 މީހަކު ލ.ފޮނަދޫއިން ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށާއި ލ.ގަން ވަނީ މޮނިޓަރިންގ ހާލަތަށްލެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.