10 ސެޕްޓެމްބަރު 2020 -- ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސް ސޯލިހު ޒިޔާރަތްކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު މިހާރު "ނިއު ނޯމަލް" އަކަށް ރާއްޖޭގެ ހާލަތު ގެނެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަަގަކުރައްވައި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށާއި އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ކެބިނެޓުގެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި މިހާރު ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންނަށް ވަނީ އެސްޓްރާޒެނެކާގެ ފުރަތަމަ ޑޯޒާއި ދެވެނަ ޑޯޒް ޖެހުމަށް ހުޅުވާލާފައެވެ. އަދި އޮންލައިނކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެދުމަށް  ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް މެދުވެރިކޮށް ހެދުމަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި މިވަގުތު އާންމުކޮށް ހުޅުވާލައިގެން ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ ކޮވިޝިލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެސްޓްރާޒެނެކާ ވެކްސިނަކީ ކޮވިޝިލްޑް ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވެނަ ޑޯޒްގެ ގޮތުގައި ޖެހޭނެ ވެކްސިނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *