ލ. ގަން

ލ. ގަމާއި ލ. ފޮނަދޫ މޮނިޓަރިންގ ހާލަތަށް ލައިފިއެވެ.

މި ދެ ރަށް މޮނިޓަރިންގ އަށް ލާފައިވަނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު ފޮނަދޫ ގެ ފްލޫ ކްލިނިކުން ނެގި ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

މޮނިޓަރިންގ ގެ ހާލަތަށް ލުމާއެކު ގަމާއި ފޮނަދޫއަށް ވެސް އަރައި ފޭބުމަކީ މިހާރު މަނާ ކަމެކެވެ. މީގެކުރިން ވެސް މި ދެ ރަށް މޮނިޓަރިންގ ގެ ހާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ.

ގަމަކީ މެދު ރާއްޖެތެރޭގެ ގިނަ ރަށްރަށުން އެކިއެކި ހިދުމަތްތައް ހޯދާ މައި ހަބެވެ. ކޮންމެ ދުވަހަކުވެސް ފ. ދ. ތ. އަދި ލ. ގެ ރަށްރަށުން އެތަށް ބަޔަކު ހިދުމަތް ހޯދުމަށް އެ ރަށަށް ދަތުރުކުރެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *