ހުޅުމާލޭގައި ހައުސިންގ ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ "ވެށި ސާފު" ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްފިއެވެ. 

އެޗްޑީސީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ވެށި ސާފުކުރުމުގެ ސަގާފަތް ދަމަހައްޓައި، ހުޅުމާލެ އަކީ ސާފު ސިޓީއަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ. 

ހުރަވީ ސްކޫލްގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ރަޝީދު ހަސަންވަނީ ކުނީގެ މައްސަލައަކީ ވަރަށް ބޮޑު ވެފައިވާ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. އެމީހަކު އަޅާ ކުންޏަކަށް އެމީހަކު ޒިންމާވާންޖެހޭނެ ކަމަށާއި، ފަރުދީ ޒިންމާ އަދާކުރުމަށް އެދިލެއްވިއެވެ.

މީގެއިތުރުންވެސް، ތިމާއެޅޭ ވެށި ސާފުކޮށް ބޭއްވުމަކީ ދިވެހިންގެ ވަރަށް ރީތި އާދައެއްކަން ފާހަގަކުރައްވަމުން، މިފަދަ ޕްރޮގްރާމެއް އެޗްޑީސީއިން އިސްނަގައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާތީ އުފާކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ވެށި ސާފު" ޕްރޮގްރާމްގައި ބައިވެރިވުމަށް ދެ ބުރަކަށް ބަހާލައިގެން އެޗްޑީސީއިން އިއުލާންކުރުމުން 600 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވެއެވެ. މީގެތެރެއިން، ފުރަތަމަ ބުރުގައި ހޮވުނު 34 ފަރާތުން ސާފުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ފްލެޓް ހުންނަ 34 ސަރަހައްދެކެވެ. ދެވަނަ ބުރުގައި ހޮވުނު 30 ފަރާތުން ސާފުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި 10 ސަރަހައްދެއްގައި ހުރި ޕާކުތަކެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.