ޏ.ފުވައްމުލަކުން މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ އަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާކަމަށް އެ ރަށު ހޮސްޕިޓަލުން މައުލޫމާތު ދީފިއެވެ.

ފުލުހުން ޖަޒީރާނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގެއްލިފައިވަނީ 12 އަހަރުގެ ކުއްޖެކެވެ. އޭނާ ގެއްލުނީ ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 16:47 ހާއިރުއެވެ. އެ ކުއްޖާ ފެނިފައިވަނީ 17:50 ހާއިރު މޫދު އަޑިންނެވެ.

ހޮސްޕިޓަލަށް އެ ކުއްޖާގެ ހަށިގަނޑު ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ ދާދި ދެންމެއަކުއެވެ. މިކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.