މިދިޔަ މަހުގެ 27 ވަނަ ދުވަހު، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ބްރޯޑްކާސްޓިންގއާ ގުޅުންހުރި ދާއިރާތަކުން އިނާމް ހޯއްދެވި ފަރާތްތަކުގެ ޝަރަފުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާއްސަ ފަރިއްކޮޅެއް ދެއްވައިފިއެވެ.

މިއަދު ލެމަންގްރާސް ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވެވި މި ފަރިއްކޮޅުގައި ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ، ނައިބު ރައީސް އަޙްމަދު ގައިސް، އަދި މެންބަރުން އަމްޖަދު ވަހީދު، ޢަލީ ޔޫސުފް އާ އާމިނަތު އަމީނާ ބައިވެރިވެވަޑައިގެންނެވިއެވެ. 

މީގެއިތުރުންވެސް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ހޯއްދެވި މުއުމިނާ އިބްރާހީމް، ވިޜުއަލް އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ހޯއްދެވި މުޙައްމަދު މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ހިއްވަރު ދިނުމުގެ ގައުމީ އިނާމް ހޯއްދެވި ޢަލީ ސަމްޢާންއާ، ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ފޮޓޯގްރަފީގެ ރޮނގުން ހިއްވަރު ދިނުމުގެ ގައުމީ އިނާމް ހޯއްދެވި ޢަލީ ނިޝާން، ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން)ގެ ރޮނގުން ހިއްވަރު ދިނުމުގެ ގައުމީ އިނާމް ހޯއްދެވި ޙުސައިން އިޙްފާލް އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ފަރިއްކޮޅުގައި ބްރޯޑްކާސްޓިންގ ދާއިރާގެ މާޒީއާއި ކުރިމަގާ ގުޅޭގޮތުން ވަރަށް މުހިންމު މަޢުލޫމާތާއި ބިނާކުރަނިވި ޚިޔާލުތައް ހިއްސާކުރެވުނުކަމަށް ބްރޯޑްކޮމް އިން މައުލޫމާތު ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.