ޏ.ފުވައްމުލަކުން މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ޖަޒީރާނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގެއްލިފައިވަނީ 12 އަހަރުގެ ކުއްޖެކެވެ. އޭނާ ގެއްލުނީ ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށެވެ.
ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 16:47 ހާއިރުއެވެ. އެ ކުއްޖާ ފެނިފައިވަނީ 17:50 ހާއިރު މޫދު އަޑިންނެވެ. ކުއްޖާގެ ހާލާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.