މޯލަޑިވިއަން އިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ބޯޑަށް އިސްމާއިލް އަލި މަނިކު، ރައީސް އައްޔަންކުރައްވައިފިއެވެ.

އިސްމާއިލް އަލި މަނިކު ސީދާ އައްޔަންކުރެވުނު ތާރީހެއް ސާފުނުވި ނަމަވެސް، ފިނޭންސް މިނިސްޓްރީއިން އާންމު ކޮށްފައިވާ މައުލޫމާތު ތަކުން އެނގޭގޮތުގައި، އައިއޭއެސްގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމަށް އޭނާ އައްޔަންކުރެވިފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ.

އައިއޭއެސްގެ ބޯޑަށް އައްޔަންކުރުމުގެ ކުރިން އިސްމާއިލް އަލި މަނިކު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ. 6 ޑިސެމްބަރު 2018 އިން ފެށިގެން އޭނާ އަންނަނީ އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުންނެވެ. 

އައިއޭއެސްގެ ބޯޑަށް އިސްމާއިލް އަލި މަނިކު އައްޔަންކުރެއްވިއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ އެ މަގާމުން ދުރުކުރުމަށްފަހު މުހައްމަދު މިހާދު ވަނީ އެ މަގާމަށް ދާދިފަހުން އައްޔަންކޮށްފައެވެ. އެ ދެ ބޭފުޅުންގެ އިތުރުން މިހާރު ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޗެއާމަން ޑރ. އަހުމަދު ޝަމްހީދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ، އަބްދުﷲ އަމީރު، އަދި އަޒްހީލު އަހުމަދުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.