ސްކޫލެއްގެ ދަރިވަރަކު ކްލާހަށް ވަނުމުގެ ކުރިން އަތޮ ދޮންނަނީ ފޮޓޯ: ވަގުތު

2021-2022 ވަނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ، ސްކޫލްތަކަށް ދަރިވަރުން ގެންގޮސްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މަހު 10 އިން ފެށިގެން ދަރިވަރުން ސްކޫލަށް ނެރޭއިރު، ސްކޫލްތަކުގެ ދަންފަޅީގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށެވެ. ނަމަވެސް، ފުރަތަމަ ދެ ހަފްތާގައި މާލޭގެ ސްކޫލްތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑްތަކަށް ތަފާތު ވާނެހެން އިންތިޒާމް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިގޮތަށް ކަނޑައަޅާފައިވީ ނަމަވެސް، ނިއު ނޯމަލްގައި ސްކޫލްތަކަށް އަމަލު ކުރަން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާނެއެވެ. އެގޮތުން، ކްލާސްރޫމްތަކުގައި ރަނގަޅަށް ވައި ދައުރުވާގޮތް ހެދުމާއި، ގައިދުރު ކަމާއެކު ކިޔަވައިދެވޭނެހެން ކްލާސްރޫމް ތަރުތީބު ކުރާނެއެވެ.

އޭސީ ކޮށްފައިވާ ކްލާސްރޫމެއް ނަމަ، ދަރިަވރުން ތިބެންވާނީ 3 ފޫޓު ދުރުގައެވެ. ސްކޫލަށް ވަންނައިރު، މާސްކު އެޅުމާއި ހުން ބެލުން އަދި އަތްދޮވެ، ސެނިޓައިޒް ކުރުން ފަދަ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާއިރު، ހައި ރިސްކް ދަރިވަރުންނަށް މާސްކާއެކު ފޭސް ޝިލްޑް ވެސް ބޭުން ކުރެވޭނެއެވެ.

އިޓޯލު ގަޑީގައި ދަރިވަރުންނަށް 3 ފޫޓު ދުރުގައި ތިބެ ކެވޭނެ އިންތިޒާމް ހަމަޖައްސަން އެޑިއުކޭޝަނުން އަންގާފައި ވާއިރު، ދުވަހީ ތާވަލުގައި ދަރިވަރުންނަށް މާސްކާއި ނުލާ 3 ފޫޓު ދުރުގައި ތިބެ ހެލިފެލިވެވޭނެ ވަގުތުކޮޅެއް ހަމަޖައްސަން ވެސް އެޑިއުކޭޝަނުން އަންގާފައިވެއެވެ. އެ ވަގުތު ކޮޅު ހަމަޖައްސަން ޖެހެނީ ތޮއްނުޖެހޭ ގޮތަސް އެކު ކްލާސްތައް އެކި ވަގުތުގައެވެ.

މީގެ އިތުރުން، ސްކޫލްގެ އިތުރު ހަރަކާތްތައް ފެށޭނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވެކްސިން ފުރިހަމަ ކުރުމުން ކަމަށް ވެސް އެޑިއުކޭޝަނުން ނިންމާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *