އުމުރުން ދުވަސްވީ މީހެއް ވެކްސިން ޖަހަން ސެންޓަރަކަށް ވަންނަނީ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 18 ވަނަ ފަހަރަށް ދަންމާލައިފިއެވެ.

މިދިޔަ އަހަރުގެ މާޗު މަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިފަހަރު ދަންމާލާފައި ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރުގައި ވިދާޅުވީ، އަދިވެސް ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތް ކަމަށާއި، އަދި އެންމެ ފުރަތަމަ އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށެވެ.

އެ ނުރައްކާ ކުޑަކުރުމަށް ޙާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށެވެ.

މިއާއެކު، މި ގަރާރުގެ ދަށުން ވަނީ އެފަދަ ފިޔަވަޅުތައް އެޅުމަށް މިނިސްޓަރ ނަސީމް ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.

ކޮވިޑްގެ ނަންބަރުތައް ރެކޯޑް މިންވަރަކަށް މިދިޔަ 2 މަސް ދުވަހުގެ ތެރޭގައި އިތުރުވުމަށްފަހު ދަށްވާން ފެށުމާއެކު ސަރުކާރުން ވަނީ އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *