ޗައިނާގެ ދެކުނު ފަރާތު ސިޓީއެއް ކަމަށްވާ ޝިޖަޖުއާންގްގައި 100 މީހުންނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ މި ސިޓީ ފުރަބަނދު ކޮށްފިއެވެ. މިގޮތުން ސުކޫލަށް ދިއުމަށާއި މި ސިޓީއިން ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ. 

ބުރާސްފަތި ދުވަހުގައި ހެބޭ ޕުރޮވިންސްގައި ހުންނަ ޝިޖަޖުއާންގްގައި އާ 120 ކޭސެސް ރިޕޯރޓް ކޮށްފައިވެއެވެ. ޓެސްޓު ކުރުމަށްޓަކައި 5000 އަށް ވުރެ ގިނަ ޓެސްޓިން ސައިޓްތައް ވަނީ ބަހައްޓާފައެވެ. ޗައިނާއިން ވަނީ މީގެ ކުރީގައި މިފަދަ ވަގުތީ ހަރުކަށި ފިޔަވަޅު ނަގައިގެން އައުޓްބުރޭކްތައް ކޮންޓްރޯލް ކޮށްފައެވެ. 

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ސިޓިއެއް ކަމަށްވާ ވުހާންގައި 2019 ގައިއެވެ. 

ދަތުރުފަތުރުގެ ގޮތުން ބަހުން ދަތުރު ކުރުމާއި ވައިގެ މަގުން ދަތުރު ކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ވައިސް-މޭޔަރ މެންގް ޒައަންހޮންގް ވިދާޅުވި ގޮތުގައި ޝިޖަޖުއާންގްގެ 3 ހޮސްޕިޓަލެއް ފިޔަވާ ބާކީހުރި 5 ހޮސްޕިޓަލްތައް ވަނީ ކޮވިޑް-19 ޕޭޝަންޓުންނަށް ހުސްކުރެވިފައެވެ. 

މިއީ ވުހާންގެ އައުޓްބުރޭކަށް ފަހު ކްލަސްޓަރ އެއް ފެނުމުން ޗައިނާއިން ސިޓީއެއް ފުރަބަންދު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އޮކްޓޯބަރގައި ޗައިނާގެ ސިޓީއެއް ކަމަށްވާ ޗިންގްޑާއޯގައި 9 މިލިއަން މީހުންވަނީ 5 ދުވަހުގެ ތެރޭގައި ޓެސްޓް ކުރެވިފައެވެ. މިއީ ބޭރުން އަންނަ ކޮވިޑް-19 ޕޭޝަންޓުންނަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލަކުން ފެތުރުނު ކޭސްތަކަކާއި ގުޅިގެންނެވެ. ހަމަ މިމަހުގައި ކަޝްގަރުގެ އޮތޯރިޓިސް އިން ވަނީ ޒިންޖާންގްގައި އައުޓްބުރޭކަކަށްފަހު އެތާގެ 4.7 މިލިއަން މީހުން ޓެސްޓު ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.