ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފުލުހުންގެ އިދާރާ

ވ. އާރަށް ވިއްކުމުގައި ކޮރޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ފަހުވެސް އެ މައްސަލާގެ މައުލޫމާތު ސާފުކުރުމަށް ފުލުހަށް ހާޒިރުކުރަނީ ބައެއް އިދާރީ ކަންކަން ފުރިހަމަކުރުމަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އާރަށު މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅުއެވެ. އޭގެ ފަހުން ވެސް މިހާރު ދެ ފަހަރަކު އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، މިއަދު ވެސް އެމަނިކުފާނު ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ. އެ މައްސަލާގައި ފުލުހުން ބުނީ ރައީސް ޔާމީން ހާޒިކުރަނީ އެ މައްސަލައާ ގުޅިގެން ސާފުކުރަން ޖެހޭ ބައެއް މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

ޕީޖީ ޝަމީމް "ޖަޒީރާ"އަށް ވިދާޅުވީ ދައުވާކުރަން ފޮނުވުމަށްފަހު ވެސް އެ އިދާރީ ކަންކަން ފުރިހަމަކުރުމަށް ނުވަތަ ދައުވާ ފުރިހަމަކުރުމަށް ވެސް އަނބުރާ ފޮނުވާނުލާ މައްސަލާގެ ތުހުމަތު ކުރެވޭ މީހާ ކިބައިން ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަކީ ކުރާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން މައްސަލާގައި ވެސް އަމަލުކުރަނީ އެގޮތަށް ކަމަށާއި، ބޭނުމަކީ ފަހުން މައްސަލައެއް ދިމާވެ އެ މައްސަލަ އަތުން ދޫވެގެން ނުދާނެ ކަން ޔަގީން ކުރުން ކަމަށެވެ.

ޝަމީމް ވިދާޅުވީ މައްސަލާގައި ފުލުހުން މިހާރު ކުރަނީ މައުލޫމާތު ސާފުކޮށް ރައީސް ޔާމީންގެ ބަޔާނެއް ނެގުމުގެ މަސައްކަތް ކަމަށެވެ. އަދި ބަޔާން ފުރިހަމަވިހާ އަވަހަކަށް މައްސަލައިގެ ދައުވާ އުފުލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައިވާއިރު މިހާރުވެސް އެމަނިކުފާނަށް ވަނީ ކޮރަޕްޝަން މައްސަލައެއްގައި ހުކުމް އިއްވާފައެވެ. އަދި ރ.ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ވަނީ ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *