ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު -- ފޮޓޯ: ސަން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ވެކްސިން ފުރިހަމަ ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ސާރކިއުލާއެއްގައި މައިމޫނާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންނަކީ ވެކްސިން ފުރިހަމަވެފައިވާ މީހުންކަމުގައި
ހައްދަވައި ދެއްވުމަށް ދަންނަވާ ކަމަށާއި، އަދި ވެކްސިން ޖެހުމުގައި ދަތިވާނަމަ ނުވަތަ އިތުރު މައުލޫމާތާއި އެހީތެރިކަން ބޭނުން ނުވާނަމަ އެފަރާތްތަކަށް އެހީތެރިކަންވެސް ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް ވެކްސިންދީ ފުރިހަމަކުރުމުގެ ކެމްޕެއިން މިހާރު މާލެ އާއި އަތޮޅުތަކުގައި ފަށާފައިވާކަން ފާހަގަކުރައްވާ މައިމޫނާ ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް މިހާރު ވަނީ ވެކްސިން ލިބިފައި ކަމަށެވެ.

މީގެއިތުރުން ފުރުސަތުގެ ބޭނުން އެންމެ ފުރިމައަށް ހިފައި ވެކްސިން ޖެހުމަކީ ކޮވިޑުން ރައްކާތެރިކަން ލިބިގަތުމަށާއި، ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް މައިމޫނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު 268،244 އަށް މިވަނީ އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒް ނުޖަހާ ތިބި މީހުންގެ އަދަދު 54,466 އަށް އަރައެވެ. ކޮވިޑް ޖެކްސިން ޖެހެނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *