ޖަލަށްދާން ޖެހިވަޑައިގެންނެވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ސަބަބުންކަމަށް މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ޝަރީއަތަށްފަހު ވަކީލުންނާއި ހިއްސާކުރެއްވި ބައެއް މައުލޫމާތުކަމަށް ވިދާޅުވެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަަޑައިގަންނަވާ ޑރ. މުހައްމަދ ޖަމީލް އަހުމަދު، ރައީސް ޔާމީނާއި ހަވާލާދެއްވައި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް މިހާ އަނިޔާވެރިމިވީ ކީއްވެތޯ އެމަނިކުފާނު ސުވާލުކުރެއްވި ކަމަށެވެ.

"މިކަން އަޅުގަނޑަށް ކުރިމަތި މިވީ މި އަދީބްގެ ސަބަބުންނޭ. އަދީބްގެ ފަހަތަށް، އަދީބްގެ ހެއްލުންތެރިކަމަށް ހަމަ ވަރަށް ގިނަ ބަޔަކު ގޮސްގެން އެކަންތައްތަކެއް، އަދި މިއަދުވެސް ތިމަން މަނިކުފާނު ގަބޫކުރައްވާގޮތުގައި ޕީޕީއެމްއަށާއި ޕީއެންސީއަށާއި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަޤީޤަތުގައި އަދީބް. އަދީބް ދޫކޮށްފަ، އަމީން އެވެނިއުގައި ބަހައްޓާފަ އެ ހުރީ ސީދާ ޕީޕީއެން ޕީއެސްސީ ހަލާކުކޮށްލުމަށްޓަކައި ކަމަށް." ރައީސް ޔާމީނާއި ހަވާލާ ދެއްވައި ޑރ. ޖަމީލް ވިދާޅުވި އެވެ. 

ރައީސް ޔާމީނާއި ހަވާލާދެއްވައި ޑރ. ޖަމީލްް އިތުރަށް ވިދާޅުވީ އެމަނިކުފާނު އެދިލައްވަނީ މުޅި ޕާޓީ އެކަތިގަނޑަކަށްވުމަށް ކަމަށެވެ. އަދި އެމަނިކުފާނާއި ދެކޮޅަށް އެ ހިންގާ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލެއްވުމަށްކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.