ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ. 

މި އެއްވުމުގެ ތެރެއިން ފުލުހުން ހަ މީހަކު ހައްޔަރުކުރި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަކު ވަނީ ދޫކޮށްލާފައެވެ. ފަސް މީހަކު ބަންދަށް ގެންދިޔަ ނަމަވެސް މައްސަލައިގެ ތަހުގީގު އެމީހުން ބަންދުގައި ބައިތިއްބައިގެން އިތުރަށް ކުރިޔަށް ގެންދަން ނުފެންނާތީ ފުލުހުން ވަނީ މިއަދު މެންދުރުފަހު އެމީހުން ދޫކޮށްލާފައެވެ. 

އިއްޔެގެ އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައިވާ ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ ޢަބްދުﷲ އާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އާމިނަތު ފަޒްލާގެ އިތުރުން ޕީޕީއެމްގެ މެމްބަރުން ކަމަށްވާ ޚާލިދު އުސްމާން، ޚަދީޖާ ޙުސެއިން އަދި ޢަބްދުﷲ ސަލީމްއެވެ. 

ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅުން އެއްވެ މުޒާހަރާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށްދިޔަ ވަގުތާއި ދިމާކޮށެވެ. ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި މަނީ ލޯންޑަރިންގ އާއި ރިޝްވަތަށް މަގުފަހިވާފަދަ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެން ކޮށްފައިވާ ދައުވާގެ އަޑުއެހުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.