މި ހިނގަމުންދާ 2021 ވަނަ އަހަރުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި 18،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ކޮވިޑް 19 ގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމާއެކު ކޮންމެ މަހަކު ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އައީ އިތުރުވަމުންނެވެ. އެގޮތުން ބަލާއިރު މިދިޔަ ޑިސެމްބަރު މަހަކީ ރެކޯޑް މިންވަރަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެކެވެ. އައު އަހަރާއެކު މި އަދަދުތައް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭއިރު މިއަހަރު ފުރަތަމަ ހަ ދުވަހުގެ ތެރޭގައި ރާއްޖެއަށް 18،806 ފަތުރުވެރިން ޒިޔާރާތްކޮށްފައިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 42.9 އިންސައްތަ ދަށް އަދަދެކެވެ. 

އެވެރެޖުކޮށް ދުވާލަކު 30،14 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނައިރު އެވެރުޖުކޮށް ފަތުރުވެރިން އަންނަނީ ރާއްޖޭގައި 10 ދުވަސް ހޭދަކުރަމުންނެވެ. 

މިއަހަރުގެ މިހާތަނަށް ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން ރާއްޖެއަށް 5،331 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައިގައި އޮތް އިންޑިއާއިން 1،816 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތް ޔޫކްރެއިނުން 1،779 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 

ދުނިޔޭގެ އެެކިކަންކޮޅުތަކުން 26 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.