އާދިއްތަ ދުވަހު އިތުރު 3331 މީހަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

އާދިއްތަ ދުވަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަ ކުރި 1127 މީހަކާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަ ކުރި 2204 މީހެކެވެ.

މީގެ އިތުރުން 946 މީހަކު ވެސް ވަނީ އާދިއްތަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ ގްރޭޓަރ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަ ކުރި 854 މީހަކާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަ ކުރި 92 މީހެކެވެ.

ރާއްޖޭގައި މިވަގުތު އާންމުކޮށް ހުޅުވާލައިގެން ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ ކޮވިޝިލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. ކޮވިޝިލްޑް ވެކްސިން ޖެހި ގިނަ ފަރާތްތަކަށް، ދެވަނަ ޑޯޒްގެ ގޮތުގައި ޖަހަމުން ގެންދަނީ އެސްޓްރާޒެނެކާ ވެކްސިނެވެ. މީގެ އިތުރުން ވެސް، ބައެއް ފަރާތްތަކަށް ފައިޒާ ވެކްސިން ވެސް ޖަހަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު 268،244 އަށް މިވަނީ އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒް ނުޖަހާ ތިބި މީހުންގެ އަދަދު 54466 އަށް އަރައެވެ. ކޮވިޑް ޖެކްސިން ޖެހެނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.