މާލޭ މަގުމަތީގައި ބަޔަކު ހިނގާފައި އުޅެނީ -- ފޮޓޯ: ވަގުތު

އާދިއްތަ ދުވަހު 115 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 5573 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 115 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވް ވި މީހުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 23 ކޭސް
  • އަތޮޅުތެރެއިން - 78 ކޭސް
  • ރިސޯޓުތަކުން - 12 ކޭސް
  • ކަނޑުމަތީގެ އުޅަނދުތަކުން - 2 ކޭސް

މިއަދު ކޮވިޑަށް ޓެސްޓު ކުރި 5573 މީހުންގެ ތެރޭގައި 2018 މީހުންނަކީ މާލެ ސަރަހައްދުން ޓެސްޓު ކުރި މީހުންނެވެ.

 

ރާއްޖޭގައި މިވަގުތު 2556 މީހަކު ގެންދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ 20 މީހަކު ވެސް ހިމެނެއެވެ.

މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 77547 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 74758 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 221 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ. މީގެ އިތުރުން ކޮވިޑް ކޭސްތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނިކޮށް އެކި ސަބަބުތަކާހެދި މަރުވި 12 މީހަކު ވެސް ހިމެނެއެވެ. އެމީހުންނަކީ ކޮވިޑްގައި މަރުވި މީހުން ކަމަކަށް ނުބަލައެވެ.

ކޮވިޑް ކޭސްތައް ދަށްވާން ފެށުމުން ސަރުކާރުން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން މޮނިޓަރިންގައި ނެތް ރަށްތަކަށް، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ މީހުންނަށް ކަރަންޓީނަކާ ނުލާ ދަތުރު ކުރުމުގެ ލުއި ސަރުކާރުން ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.