ކޮޕް26 އަށް ތައްޔާރުވާން ސަބްރާ، ބައިނަލްއަގްވާމީ ޕާޓްނަރުންނާ ބައްދަލުކުރުން -- ފޮޓޯ: ރައީސް އޮފީސް

ކޮޕް26 ގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެންމެ އިސްކަންދޭ ކަންކަމާ ބެހޭގޮތުން ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ސްރީލަންކާގައި ގާއިމުވެ ތިބޭ ބައިނަލްއަގްވާމީ އެކިއެކި ފަރާތްތަކާއެކު ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ވަކިވަކިން ބޭއްވި މި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސްރީލަންކާގައެވެ. ކޮޕް26 ގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2021 ނޮވެންބަރު 1 އިން 12 އަށް އިނގިރޭސި ވިލާތުގެ ގްލަސްގޯގައެވެ.

ލަންކާގައި އޮތް މި ބައްދަލުކުރެއްވުންތަކުގައި ސަބްރާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ. އެގޮތުން ދުނިޔޭގެ ފިނިހޫނުމިން މަތިވާ ނިސްބަތް 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބެހެއްޓުމުގެ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ހަމައެއާއެކު މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ އެޑެޕްޓޭޝަންގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ބައްދަލުވުންތަކުގައި މަޝްވަރާ ކޮށްފައިވެއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމާއި އެޑެޕްޓޭޝަންނަށް ހުރި ފުރުސަތާ ގުޅޭ މައުލޫމާތު ލިބޭގޮތަށް ކަންކަން ފަހިވެފައި އޮތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރިއެވެ.

ސަބްރާގެ އަރިހުގައި މި ބައްދަލުވުން ތަކުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ވާ ސަފީރު އުމަރު އަބްދުއްރައްޒާގު ބައިވެރިވެ ވަޑައިގެންނެވިއެވެ. ސަބްރާ ބައްދަލު ކުރެއްވި ފަރާތްތަކުގެ ތެރޭގައި ނޭޕާލުގެ ޗާޖް ޑި އެފެއާރޒްއާއި ނެދަލެންޑް، އަފްޣާނިސްތާނު، ވިއެޓްނާމް، އެމެރިކާ، ކޮރެޔާ، ޖަރމަން، ފްރާސް، ސްވިޒަރލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ޑެލިގޭޝަންގެ އިތުރުން ސްރީލަންކާގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ސެކްރެޓަރީ ޑޮކްޓަރ އަނިލް ޖަސިންގ ހިމެނި ވަޑައިގަންނަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.