ހިޔާ ޔޫނިއަނުން މަޖިލީހަށް ޕެޓިޝަން ހުށަހަޅަން މެޖޯރިޓީ ލީޑަރ އާޒިމްއާ ހަވާލު ކުރަނީ

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ދިނުމަށާއި، ގްރޭސް ޕީރިއަޑް އިތުރު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ހިޔާ ޔޫނިއަނުން ތައްޔާރު ވެއްޖެއެވެ.

އެ ޕެޓިޝަން މަޖިލީހަށް ވެއްދުމަށްޓަކައި، ހިޔާ ޔޫނިއަނުން ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމްއާ ޕެޓިޝަން ހަވާލުކޮށްފައެވެ. ހިޔާ މަޝްރޫއިން ފްލެޓް ލިބުނު 2177 މީހުން ވަނީ މި ޕެޓިޝަނުގައި ސޮއި ކޮށްފައެވެ.

ހިޔާ ޔޫނިއަނުން އެދެނީ ޕްލެޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށް ދިނުމަށާއި، ފިނިޝިންގެ މަސައްކަތަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް ދިނުމަށް އަދި ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ 100،000 ރުފިޔާ މައާފް ކޮށްދިނުމަށެވެ.

ހިޔާ ޔޫނިއަނުން ވަނީ މި ޕެޓިޝަން ޖޫން 1 ގައި ރައީސް އޮފީހަށް ހުށަހަޅާފައެވެ. ހިޔާ ޔޫނިއަނުން ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ އާއެކު ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ފާއިތުވީ ދެ މަސް ދުވަހު ކުރި މަސައްކަތްތަކުން ސަރުކާރުގެ ވުޒާރާތަކުން މިކަމަށް އެދެވޭ ހައްލެއް ހޯދިފައި ނުވާ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

އެ ޔޫނިއަނުން ބުނީ، އެޔޫނިއަނުން އެދެނީ ރައްޔިތުންނާއި ގުޅިފައިވާ 25،000 އެތަކެއް ރައްޔިތުންނާއި ސީދާ ގޮތުން ގުޅިފައިވާ މި މައްސަލައަށް ހައްލެއް ލިބުން ކަމަށެވެ. އަދި ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހާސިލް ނުކުރެވޭނޭ އެއްވެސް ކަމަކަށް އެދިފައި ނުވާނެ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.