ތިލަފުށި އަދި ގުޅީފަޅުން ބިިންދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗް.ޑީ.ސީ އަދި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީ.އެމް.އައި.ޒެޑް.އެލް) އެއްކޮށްލުމާގުޅިގެން ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަންކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން ކުރަމުން އަންނަކަމަށެވެ. އެގޮތުން ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުމާއި ބިން ބޭނުންކުރުމަށް އެކުލަވާލެވިފައިވާ އުޞޫލުތަކާއި ޤަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެޗްޑީސީން ބުންޏެވެ. 

އެޗްޑީސީން ބުނީ މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތަށް ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ވަގުތީގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ. އަދި، އިތުރަށް ދޫކުރެވެންހުރި ބިންތައް (ވަގުތީ އަދި ދާއިމީ) ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްނިމުމުން، އެބިންތަކަށް އެދިލެއްވުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށް އެޗްޑީސީން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.