ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުން ރޭންކު ކުރާ ބްލޫމްބަރގް ބިލިއަނަރސް އިންޑެކްސްގެ އެއް ވަނައަށް އީލޯން މަސްކް އަރާފިއެވެ.

ޓެސްލް އިންކް އަދި ސްޕޭސް އެކްސް ސީއީއޯ މި މަގާމު ހޯދާފައި މި ވަނީ 2017 ވަނަ އަހަރުއްސުރެ މި ލިސްޓްގެ އެއްވަނައިގައި އޮތް އެމަޒޯންގެ ބާނީ ޖެފް ބޭކޯސް ފަހަތައް ޖައްސާލާފައިއެވެ.

ހިއްސާގެ ބާޒާރުގައި ޓެސްލާ 6 އިންސައްތަ މައްޗަށް ދިޔުމުން ސީއީއޯގެ ހިއްސާ 10 ބިލިއަން ޑޮލަރަށް އަރާފައިވާއިރު އީލޯން މަސްކޯގެ ނެޓް ވޯތް ވަނީ 191 ބިލިއަނަށް މައްޗައް ޖެހިލާފައެވެ. ހަބަރު ޢާއްމުންގެ މީހަކު ކޮށްފައިވާ ޓްވީޓްއަކަށް މަސްކް ވަނީ އޭނަގެ ސަކަ މިޒާޖުގައި ޖަވާބު ދީފައެވެ. މިއީ އަދަޔާ ހިލާފް ކަމެއްކަމަށް ބުނެ ދެން މަސައްކަތައް އެނބުރި ދަނީ ކަމަށް އޭނާ ވަނީ ޓްވީޓްގައި ބުނެފަ އެވެ. 

މީގެ އިތުރުން މަސްކްގެ ޓްވިޓާގައި ޕިންކޮށްފައިވާ ކުރީގެ ޓްވީޓްއެއްގައި އޭނާ ބުނެފައިވަނީ އޭނާގެ މިލްކިއްޔާތު ހޭދަކުރަން ވިސްނަނީ އޭގެ އެއްބައި މި ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި އަނެއް ބަޔަކީ އަހަރެމެން ދިރިއުޅޭ ޕްލެނެޓްކަމަށްވާ އާތް އެއްވެސް ސަބަބަކާ ހެދި ނޫޅެވޭ ވަރު ވިޔަސް މާސްގައި ހުރިހާ ދިރުމަކަށް އުޅެވޭނެ ގޮތެއް ހޯދުމަށެވެ.

ސައުތް އެފްރިކާއަށް އުފަން މަސްކް ފާހަގަކޮށްލެވެނީ އާދަޔާ ހިލާފު މޮޅު އުފެއްދުންތަކެއް އުފައްދާ އިންޖިނިއަރެއްގެ ގޮތުގައެވެ. މިގޮތުންޓެސްލާ މޮޓޯސް އިލެކްޓިކް ކާރު އަދި ސްޕޭސް އެކްސްގެ ފަލްކަން ރޮކެޓް އަދި ޕޭޕާލް ފާހަގަކޮއްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.