ފުރާވަރަކީ ކުއްޖާގެ ހަށިގަނޑަށާއި ވިސްނުމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަ ދުވަސްކޮޅެކެވެ. މިދުވަސްކޮޅުގައި ކުއްޖާއަށް ދިމާވާގޮންޖެހުންތަކާއި ކަންކަމާއިމެދު ވިސްނާ ފިކުރު ކުރުމުން ނޭދެވޭގޮތެއްގައި ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. މިގޮތުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މައިންބަފައިންނަށް އެހީތެރިވެވިދާނެއެވެ. 

ފުރާވަރުގެ އުމުރަށް އަރައިގަންނައިރު ކުދިން މައިންބަފައިންނާއިއެކު ހޭދަކުރެވޭ ވަގުތު މަދުވެއެވެ. އާންމުކޮށް ކުދިން ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައި އެކަނި ނުވަތަ އެމީހުންގެ ރަޙުމަތްތެރިންނާ އެކީގައެވެ. ވީއިރު މައިންބަފައިން ކުދިންނާއި ވާހަކަދައްކައި އެމީހުންގެ ހާލުބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ކުއްޖާގެ ދުވަސް ދިޔައީ ކިހިނެއްތޯ އަދި ހަޔާތުގައި މިހާރު އާކަމެއް ކުރޭތޯ ބަލައިލެވިދާނެއެވެ. އަބަދުވެސް ކަމެއްވުމުން ނުވަތަ ހަޔާތުގެ ވާހަކައެއް ހިއްސާކޮށްލުމަށް އެމީހުންނަށް ހަނދާންކޮށްދެވިދާނެއެވެ. ކުއްޖާ ގޯސްކަމެއް ކުރުމުން އެކަން ވަރަށް ފަސޭހައިން ފާހަގަކުރެވޭހެން އޭނާ ރަނގަޅު ކަމެއް ކުރުމުން އެކަން ފާހަގަކޮށް ތައުރީފު ކުރެވިދާނެއެވެ. ނަތީޖާއެއްގެ ގޮތުން ކުދިން މައިންބަފައިންނަށް ކުރާ އިތުބާރު ބޮޑުވެ, ކަމެއްވުމުން އެކަން ހިއްސާކުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ކުއްޖާއާއެކު ވަގުތު ހޭދަކޮށް އެކުދިން ކުރާ ކަންތައްތަކުގައި އެހީތެރިވުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މިގޮތުން ގޭގެ ކުދި ކުދި މަސައްކަތްތަށްކުރުމުގައި ދެމީހުން އެކީގައި މަސައްކަތް ކުރެވިދާނެއެވެ. މީގެއިތުރުން ކުއްޖާގެ ހޯމްވޯރކްތައް ހަދަން ވަކި ވަގުތުތަކެއް ކަނޑައަޅައި އެކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. 

ހަމައެއާއެކު ސުކޫލް މަސައްކަތާއި އިތުރު އެހެން މަސައްކަތްތަކުން ކުއްޖާއަށް ބްރޭކެއްދިނުމަކީވެސް މުހިންމު ކަމެކެވެ. މިފަދަ ގަޑިއެއްގައި އެކުދިން ކުރާ ހިއްވާ ކަމެއް ކުރުމުގެ ފުރުސަތު ދިނުން މުހިންްމު އެވެ. ކުދިންނާއެކު ވަގުތުހޭދަކުރުމަށް އަހައްމިއްޔަތުކަން ދޭހެން އެކުދިން އެކަނި ހޭދަކުރާ ވަގުތަށްވެސް އިހްތިރާމްކުރާށެވެ. 

ކުއްޖާއި މައްސަލައެއް ޖެހުމުން މިކަން ވިސްނުންތެރިމަކާއެކު ހަމަޖެހިގެން ހައްލުކުރުމަށް މަސައްކަތްކުރެވިދާނެއެވެ. ރުޅި އިސްކުރެވޭނަމައެންމެ ބުއްދިވެރި ގޮތަކީ ތިމާ ހަމަޖެހުމަށްފަހު މައްސަލަ ހައްލު ކުރުމަށް އިސްކަންދިނުމެވެ. 

ކުއްޖާގެ ހިޔާލުތަކާއި ޝުއޫރު ފާޅުކުރާއިރުއެކަމަށް ސަމާލުކަންދީ އަޑުއަހަންވާނެއެވެ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާހެން ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަހައްމިއްޔަތުކަން ދޭންޖެހެއެވެ. ކަންކަމާއިމެދު ފުންކޮށް ވިސްނައި ފިކުރު ކުރެވޭނަމަ އިތުބާރުކުރެވޭ ގާތް މީހަކާއެކު ކަންތައްތައް ހިއްސާކުރުމުން މީހާއަށް ލުޔެއް ލިބިގެންދެއެވެ. ތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަށް އިޖުތިމާއި ގުޅުން ބަދަހިވެ އުފާވެރިކަންވެސް އިހްސާސްކުރެވެއެވެ. 

ކަސްރަތު ކުރުމާއި ތަފާތުއާ ހަރާކާތެއް ކުރަން މަސައްކަތްކުރުމަކީ ވެސް ތިމާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.